ޖަމިއްޔާތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނެސްފި

ރާއްޖޭގައި ހިންގާ ކްލަބް ޖަމާޢަތްތަކަށް ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެގޮތުން ވިޔަފާރީގެ މަގުސަދު ހާސިލްކުރުމަށާއި އެފަދަ ހަރަކާތެއް ހިންގުމަށް ލޮބީކުރުމަށް އުފައްދާފައިވާ ނޮން ޕްރޮފިޓް އޯގަނައިޒޭޝަންތަކަށް އެންމެ ގިނައިން ދޫކުރާ ފައިސާގެ ޢަދަދު ވަނީ 4 ލައްކަ ދިވެހި ރުފިޔާއިން 2 ލައްކަ ދިވެހި ރުފިޔާއަށް ކުޑަކޮށްފައެވެ.
އަދި ކްލަބް ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށާއި މެންބަރުންނާއި މުވައްޒަފުންގެ ޢަދަދު އިތުރުކުރުމަށް ބަޖެޓުން އެންމެ ގިނަވެގެން ދެވޭނީ 30،000ރ. ކަމަށް އޮތް މާއްދާ އުވާލައި، ކްލަބް ޖަމިއްޔާތަކަށް ފައިސާ ދިނުމުގައި މާކްސް ދިނުމުގެ މިންގަނޑުވެސް ވަނީ ބަދަލުކޮށްފައެވެ.
ކްލަބް ޖަމިއްޔާތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 15 މިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ