އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ މަހުގެ 18 އިން 25 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވާން އެދޭ ސުކޫލް ތަކާއި ސުކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެއެސޯސިއޭޝަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އެއެސޯސިއޭޝަންގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދެއެެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ އަމިއްލަ އިވެންޓުގެ އުމުރުފުރާތައް ބެހިފައި ވަނީ ހަތަރު ބަޔަަކަށް ކަމަށާއި އެއީ 12 އަހަރުންދަށުގެ ސިންގަލް އާއި 14 އަހަރުންދަށުގެ ސިންގަލްސް އަދި ޑަބަލްސް އާއި 16 އަހަރުންދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އާއި 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ޓީމް އިވެންޓުގެ އުމުރު ފުރާތައް ތިން ބަޔަކަށް ބެހިފައި ވާއިރު އެބައިތަކަކީ 14 އަހަރުން ދަށުގެ އަންހެން ފިރިހެން ބަޔާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެންގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އުމުރުފުރާ ކަމަށް ވެސް ބެޑްމިންޑަން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ