މައިނާ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދުގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށް އާއިލާއިން ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އެޓޯލްސް މިނިސްޓަރުކަން ކުރެއްވި އުމުރުން 76 އަހަރުގެ ހަމީދު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދު މިއަދު ވިދާޅުވީ، ބައްޕާފުޅުގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ.
އަބްދުﷲ ހަމީދަށް ވަނީ ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފައެވެ. އަދި އެބޭފުޅާ ވަނީ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.
އަބްދުﷲ ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ ޖުލައި 1، 2013ގަ އެވެ.
އަބްދުﷲ ހަމީދުގެ ހާލު ކުރިއަށްވުރެ ރަނގަޅު: އާއިލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ