ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ރައީސް ޔާމީނަށް ތާއީދު ކުރައްވާ މަސައްކަތް ކުރެވުނީތީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައީސް ޔާމީނުގެ ބޭބޭފުޅު މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ މ ކުނޫޒުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ 2013 ވަނަ އަހަރު ރައީސް ޔާމީނަށް ތާއީދު ކުރައްވައިގެން ނިކުމެ ވަޑައިގެންނެވީ ހެޔޮ ނިޔަތުގައި ކަމުގައެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގެންނެވުމަށްފަހު ޕީޕީއެމްގެ ވިސްނުމާއި ފިކުރާއި ގާނޫނު އަސާސީއާއި ހިލާފަށް ރައީސް ޔާމީން އަމަލު ކުރަށްވަމުން ގެންދެވިކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ރައީސް މައުމޫނުވެސް ބަދުނާމްވަމުން ދިޔަ ކަމަށާއި ޔާމީނަށް ތާއީދު ކުރެވުނީތީ މިއަދު ހިތާމަ ކުރައްވާކަމަށްވެސް ރައީސް މައުމޫނު މިރޭ ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ހެޔޮ ނިޔަތެއްގައި އެމަނިކުފާނު ކުރެއްބި ކަމެއް އެހެން ގޮތަކަށް ބަދަލުވެ ދިއުމުން ވަރަށް ދެރަވެވަޑައިހަންނަވާ ކަމަށާއި ރައްޔިތުންގެ ކިބައިން އެކަމާއި ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގަންނަވާ ކަމުގައެވެ.
ރައީސް ޔާމީނަށް ތާއީދު ކުރެވުނީތީ މައާފަށް އެދެން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ