ހަގީގީ މިނިވަން ކަމަކީ އަމިއްލަ އެދުމުން ދުރުވެ ގައުމު އިސްކުރުން: ރައީސް މައުމޫނު

ހަގީގީ މިނިވަން ކަމަކީ އަމިއްލަ އެދުމާއި ދަހިވެތިކަމުން ދުރުވެ ޤައުމު އިސްކުރުން ކަމަށް ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވި އެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރިވެހި ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވިޓެއްގައެވެ. Real independence is to be free from selfishness & greed; to put the good of the nation before your own good. Happy Independence Day!— Maumoon Abdul Gayoom (@maumoonagayoom) July 26, 2017ރައީސް މައުމޫނު ކްރެއްވި ޓްވިޓްގައި ވިދާޅުވީ ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމާއި ދަހިވެތި ކަމުން ދުރުވުންކަމަށާއި ތިމާގެ ފައިސާއަށް ވުރެ ގައުމުގެ ފައިދާ އިސްކުރުން ކަމުގައެވެ.
މި އަހަރުގެ މިނިވަން ދުވަސް ކުރިމަތިވި އިރު ރައީސް މައުމޫނު މިހާރު ހުންނެވީ ސަރުކާރާއި ދެކޮޅަށް ތެދުވެވަޑައިގެން އިދިކޮޅު ފަރާތްތަކާއި އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ