ގާސިމްގެހުކުމާއި މެދު ރައީސް މައުމޫނު ކަންބޮޑުވުން ފާޅު ކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ހުކުމާއި މެދު ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ،
ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކޮންމެ މީހަކަށްވެސް މިނިވަން އިންސަފުވެރި ޝަރީއަތެއް ލިބުމަކީ ޤާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމުގައެވެ.Concerned by denial of @qasimibrahim 's constitutional rights. Every defendant has the right to be tried in his presence in open court 1/2— Maumoon Abdul Gayoom (@maumoonagayoom) August 25, 2017އަދި ޤާސިމްގެ ޤާނޫނީ ހައްގުތައް ގެއްލިފައި ވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާފައިވާކަމަށް ރައީސް މައުމޫނު ވިދާޅު ވެފައިވެއެވެ.
މީގެ އިތުރުން ރައީސް މައުމޫނު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ ބާބާއި 52 ވަނަ ބާބުގައި އަސާސީ ހައްގުތައް ކަށަވަރު ކޮށްދީފައިވާ ކަމުގައެވެ.These fundamental rights are guaranteed for every individual in sections 42 and 51 of our Constitution. 2/2— Maumoon Abdul Gayoom (@maumoonagayoom) August 25, 2017ގާސިމް އިބްރާހިމްގެ މައްޗަށް ރޭ ދަންވަރު ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ