މާލޭގެ ހަތަރު ގްރޫޕަކަށް ނިސްބަތްވާ ނުވަ މީހެއްގެ ފައިގައި ޓެގް އަޅުވައިގެން، އުޅޭނޫޅޭ ގޮތް ބެލެހެއްޓުމަށް ހައިކޯޓުން މޮނިކޮން އަމުރު ނެރެފި އެވެ.
މި ނުވަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައިކޯޓަށް ފުލުހުން ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މޮނިކޮން އަމުރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީއިން ނުވަ މީހުންގެ މައްޗަށް އަމުރު ހޯދުމަށް ނިންމާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ.
މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި އެހުށަހެޅުމަކާ މެދު ވަކިގޮތެއް ނިންމަންޖެހެ އެވެ. ހައިކޯޓުން އަމުރު ނެރުނު ދުވަސް ސާފުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ، "ކުޑަހެންވޭރު" ގްރޫޕަށް ނިސްބަވްތާ ދެ މީހަކާއި، "މަސްއޮޑި" ގްރޫޕަށް ނިސްބަތްވާ ތިން މީހަކާއި، "ޕީޓްރަލް" ގްރޫޕަށް ނިސްބަތްވާ ދެ މީހުންގެ އިތުރުން "ވައިކަންމަތި" ގްރޫޕަށް ނިސްބަތްވާ ދެ މީހެކެވެ.
މި މީހުންގެ ފައިގައި ޓެގް އެޅުވުން ބުދަ ދުވަހު (މިއަދު) އޮންނާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެމީހުންނަށް ވަނީ ޗިޓް ފޮނުވާފަ އެވެ.
މޮނިކޮން އަމުރުގެ ދަށުން މި މީހުން މޮނިޓަރ ކުރުމަށް ކުރަންޖެހޭ ކަންތައްތައް:
މި ނުވަ މީހުންގެ ފައިގަ ޓެގް އަޅުވަން ކޯޓުން އަމުރު ނެރުނުއިރު، ފުލުހުން ފުރަތަމަ ބުނެފައި ވަނީ ޓެގް އަޅުވަން ނިންމާފައި ވަނީ 16 މީހެއްގެ ފައިގަ ކަމަށެވެ. އެހެންނަމަވެސް، ކޮމެޓީން ނިންމީ ނުވަ މީހުންގެ މައްޗަށް އަމުރު ހޯދުމަށެވެ.
މާރާމާރީ ހުއްޓުވުމަށް އަމާޒުކޮށްގެން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މޮނިކޮން އަމުރު ނެރެން ފެށީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި ދުވަސްވަރެވެ. އެފަހަރު 20 މީހެއްގެ ފައިގައި ގެޓް އަޅުވައި، ގަވާއިދުން އެމީހުންގެ ހަރަކާތްތައް ބަލާފައިވާއިރު، އުމަރު ނަސީރު މިނިސްޓަރުކަމުން އިސްތިއުފާދެއްވި ފަހުން އަދި މީހެއްގެ ފައިގައި ޓެގް އަޅުވާފައެއް ނުވެއެވެ.
މޮނިޓަކޮށް ކޮންޓްރޯލް ކުރުމަށް ނެރޭ އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މޮނިކޮން އަމުރެއްގެ މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރަށް ގަބޫލު ކުރެވިއްޖެ ނަމަ، އިތުރު އެއް އަހަރަށް އެ އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
މޮނިކޮން އަމުރެއްގެ ދަށުން ފިޔަވަޅު އަޅާފައިހުރި މީހަކު، އެކަީގެންވާ ސަބަބެއް ނެތި، މޮނިކޮން އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފްވެއްޖެ ނަމަ އެމީހަކު އެކުރީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 18 މަސްދުވަސް ގޭބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ހަތަރު ގްރޫޕަކަށް ނިސްބަތްވާ ނުވަ މީހެއްގެ ފައިގަ ޓެގް އަޅުވަން އަމުރު ނެރެފި، މިއަދު ޓެގް އަޅުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ