މޫސުން ރަނގަޅުވާން ފަށައިފި

ފާއިތުވި ފަސްވަރަކަށް ދުވަހު ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރުމަށް ފަހު މިހާރު މޫސުން ރަނގަޅުވަމުން އަންނަ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
ވަގުތު" އާއި ވާހަކަދައްކަވަމުން، މެޓް އޮފީހުގެ އެސިސްޓެންޓް މީޓްރޮލޮޖިސްޓް ތަހްމީނާ އަބްދުލްކަރީމް ވިދާޅުވީ، މިއަދު ދެކުނުގެ މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެކަމަށެވެ. އެހެން ނަަމަވެސް، މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ގުގުރުން އެކަށީގެންވާކަމަށް ތަހުމީނާ ވިދާޅުވިއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް ތަހުމީނާ ވިދާޅުވިއެވެ.
ތަހުމީނާ ވިދާޅުވީ، މިއަދު ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ހިސާބަކަށް ވެސް ވައި މަޑުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ރޭ 20:00 އިން މާދަމާ ރޭގެ 20:00 އާ ހަަމަށް މޫސުން ކުރިއަށްލަފާ ކުރާ ގޮތަށް ބަލައި ނެރެފައިވާ ބަޔާނުގައި ވަނީ، ހުޅަނގުދެކުނުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި އެހެންހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
އަދިި އުތުރުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނާއިރު، އެހެންހިސާބުތަކުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެ އޮފީހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ