ފަހާގޭގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން: އެމްއެންޑީއެފް

ހ. ފަހާގޭގައި އަލިފާން ރޯވާން ދިމާވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. މިރޭ ގާތްގަނޑަކަށް 08:55 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ފަހާގޭގެ ތިން ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އެގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން މިރޭ 09:15 ހާއިރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށުމާއެކު، އިމާރާތުގެ މަތީ ފަންގިފިލާތަކުގައި ދިރިއުޅޭ މީހުން ބޭލުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެމްއެންޑީއެފުން ބުނީ އެ އެޕާޓްމަންޓުގައި ހުރި ތަކެތި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ގޭގައި އަދިވެސް ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ