މާލޭގެ ބޮޑު ބަޔަކުން މިއަދުވެސް ކަރަންޓް ގޮސްފި

މާލޭގެ ބޮޑު ބަޔަކުން މިއަދުވެސް ކަރަންޓް ގޮސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވި ގޮތުގައި މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވަނީ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން އިއްޔެ ވެސް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަރަންޓް ކެނޑުނެވެ.
މިފަހަކަށް އައިސް މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ. ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން މާލެއިން ކަރަންޓް ކެނޑެމުންދާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ސްޓެލްކޯ އިން ނިންމާފައިވާކަމަށް މީގެ ކުރިން އެ ކުންފުނިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ