ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

ރައީސް ޔާމީން 2018 އަށް ހޮވިއްޖެކަމަށާއި، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
 
ކައުންސިލް އިންތިޚާބުގެ ނާކާމީޔާބީއަށް ފަހު، ޕީޕީއެމް އެމްޑީއޭއިން ކޯލިޝަނުން އެމްޑީއޭގެ ޖަގަހައިގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ފަށާފައިވާ ޖަލްސާތަކުގައި، އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް މިސަރުކާރު ދެން ނުވެއްޓޭނެ ކަމަށާއި މިސަރުކާރު ބަދަލުވެސް ނުކުރެވޭނެ ކަމަށެވެ.
 
"މިސަރުކާރު ނުވެސް ވެއްޓޭނެއޭ މިސަރުކާރެއް ބަދަލެއް ވެސް ނުކުރެވޭނެއޭ. މި ސަރުކާރުގެ ހުރި އެއްވެސް ވަޒީރަކު ވެސް ލާހިކައެއް ނޫނޭ ބަދަލުކުރާކަށް. އިރާދަކުރެއްވިއްޔާ," ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަކަމުގެ އަޑުތައް ފެތުރިފައިވާއިރު އެކަމަށް ރައްދު ދެއްވައި މައުރޫފް ވިދާޅުވިއެވެ.
 
މައުރޫފް ވިދާޅުވީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމަށް ހޮއްވެވީ، ރާއްޖެއަށް ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރުމުގެ އުއްމީދުގައެވެ. އަދި އެކަން އެމަނިކުފާނު ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
 
އެގޮތުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ރައީސް ޔާމީން ގެންނަވާފައިވާ ބަދަލުތައްކަމަށް ވިދާޅުވެ އަލީ މައުރޫފް ވިދާޅުވީ، ފާއިތުވި 800 އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ތައުލީމަށް އައިސްފައި ނުވާ ހެޔޮ ބަދަލު ރައީސް ޔާމީނުގެ 3 އަހަރުގައި ގެނެސްދެއްވާފައިވާ ކަމަށެވެ. 
އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި، ތައުލީމީ ނިޒާމު ކުރިއަރުވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މަސައްކަތް ކުރެއްވީ މަގުމަތީގައި އުޅޭނެ ކުދިން ގިނަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
 
އަލީ މައުރޫފް ވިދާޅުވީ ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބަލާލިކަމުގައި ވީނަމަވެސް ރައީސް ޔާމީނަށް ލިބިގެންދާނީ
އޭ" ރިޕޯޓެއްކަމަށެވެ.  "
އަލީ މައުރޫފް ވިދާޅުވިގޮތުގައި މި ނަތީޖާއާއި އެކު ރައީސް ޔާމީން ވަނީ 2018އަށް ހޮވިފައިކަމަށެވެ. އަދި އެކަމަކަށް ދެން ކުރާނެ މަސައްކަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
 
7 ގަޑިއިރު ކުރި
އޭ ފޮރ އޮޓޯކްރެޓް . . ކުޑަކުދިންގެ ޑްރާމާ ސީރީޒްއެއް ފައްޓަވާދެއްވީތީ އުފާކުރަން.
8 ގަޑިއިރު ކުރި
މީދެންކާކުތަ؟ އެހެންމީހުން ކަނޭތަ މީނަ މިކިޔަނީ؟
10 ގަޑިއިރު ކުރި
ކަލޯ ކައިރީގައި ތިބެގެން ޔާމީނަށް އޮޅުވާލާ ގަހައްއަރުވައިގެން ތިޔަ އުޅެނީ ،،ރީތިކޮށް މަލާމާތްކުރަނީތާ؟؟؟؟މިކާކުދެން މީހެއްވަރު މީހެއްނަމަ ރަނގަޅު އަނގަތަޅަން!!!!
11 ގަޑިއިރު ކުރި
ރިސޯޓް މުއައްޒަފުންނަށް ހިއްސާވެސް ލިބިއްޖެ އިތުރަކަށް ދޭކަށް މަސައްކަތްކުރާކަށް ނުޖެހޭދެއްތޯ؟ ކޮބާތޯ ތިބޭފުޅާގެ ލަދު؟
13 ގަޑިއިރު ކުރި
Boaburaanthi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ