މިއަންމާގައި ތިބި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.
ރައީސް މިކަން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ރައީސް މައުމޫން ވަނީ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައު އިން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ރޮހިންޔާ މުސްލިމުންނަށް މިޔަންމާގެ ބުޑިސްޓުން ހަމަލާދެމުންދާއިރު މިދިޔަ ހަފްތާގެ ތެރޭގައި ރޮހިންޔާ މުސްލިމުން ދިރިއުޅެމުންދިޔަ 2600 ގެއެއް ވަނީ ރޯކޮށްލާފައެވެ.
ރޮހިންޔާ މުސްލިމުންނަކީ ވަކި ނަސްލެއް ކަމަށް ގަބޫލު ކުރުމަށް މިޔަންމާގެ ބުޑިސްޓުން ބޭނުމެއް ނުވެއެވެ. އަދި ރޮހިންޔާ މުސްލިމުންނަކީ މިޔަންމާއަށް ބޭރުން އަރައި ތިބި ބިދޭސީންތަކެއް ކަމަށާއި، މުސްލިމުން އެ ގައުމު ދޫކޮށް ދާން ޖެހޭނެ ކަމަށް ބުޑިސްޓުން ދެކެއެވެ.
ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރަމުންދާ އިރު މިއަންމާ ސަރުކާރު ހިންގުމުގެ އެންމެ އިސް ސަފުގައި މިހާރު ހުންނެވި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް މައުމޫން ކުށްވެރި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ