އެމެރިކާގެ ހާރިޖީ ދާއިރާގެ އެވޯޑެއް ދިވެއްސަކަށް

އެމެރިކާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ ރަނގަޅު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ދިވެއްސަކަށް ލިބިއްޖެ އެވެ.
ދެކުނު އަދި މެދުތެރޭ އޭޝިއާގެ ހާރިޖީ ހިދުމަތުގައި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުގެ މަގާމު ހޯދީ، ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރަމުން އަންނަ ޝައުފާ ސައީދެވެ.
ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ބިއުރޯ އިން ބުނީ ޝައުފާގެ ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިވެފައިވާ ކަމަށެވެ.
Congratulations to Shaufa Saeed, SCA's Foreign Service National of the Year! Her outstanding reporting and language skills strengthened the US-#Maldives relationship. We are glad to recognize her efforts with this award and are lucky to have her on the team. @USEmbSL pic.twitter.com/MC5hyG7Plg— State_SCA (@State_SCA) January 10, 2020
ބިއުރޯއިން ކޮށްފައިވާ ޓްވީޓް---އެވޯޑް ދިނީ އޭނާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށާއި ޝައުފާ ފަދަ މުވައްޒަފެއް ލިބުމަކީ ނަސީބެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ