ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އަބްދުﷲ ސާދިގު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް އައްޑޫސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު އައްޔަން ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސާދިގު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގެ ލިޔުން ހަވާލު ކުރައްވާފައެވެ.
އަބްދުﷲ ސާދިގު ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލް ކުރައްވާފައެވެ.
އަބްދުﷲ ސާދިގު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކަށް ހަަމަޖައްސާފައިވާއިރު ދުވަސްކޮޅަކު މާލޭގައި މަސައްކަތް ކުރެއްވުމަށްފަހު ސޯބެ މަސައްކަތް ކުރައްވާގޮތަށް ހަމަޖެހިފައިވަނީ އައްޑޫސިޓީގައެވެ.
އެގޮތުން އައްޑޫސިޓީގައި ހިންގާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ގާތުން ބެއްލެވުމުގައި ސޯބެ ހަރަކާތްތެރި ވެލައްވާނެއެވެ.
‎މިމަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޢަބްދުﷲ ސަދިގު ވަނީ އައްޑޫ ސިޓީގެ މޭޔަރުކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ