މިރޭ ހޮސްޕިޓަލަށް ގެންދިޔައީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ ކުއްޖެއް - ޖެންޑަރ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދެކުނުގެ އަތޮޅުގެ ހޮސްޕިޓަލަކަށް ގެންދިޔަ ކުއްޖަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދެކުނުގެ އަތޮޅެއްގައި ހުރި ކުއްޖެއް މިރޭގެ ވަގުތެއްގައި އެކުއްޖާ ހުރި ރަށުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ ކުއްޖާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއްކަމަށާއި އެ ކުއްޖާގެ ހާލު މިވަގުތު ރަނގަޅުކަމަށެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ހުރިކަމަށް ފެންނާތީ އެކަންކަން ބަލަން މިހާރު ފަށާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި އެކަމުގެ މައުލޫމާތު އޮމްބަޑްސް ޕަރސަންއާ ހިއްސާކޮށްފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ބުނާ ވާހަކަ ޖެންޑަރ މިނިސްޓްރީން ވަނީ ދޮގުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ