ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ރިޓަޔަޑް އިބްރާހިމް މުޙައްމަދު ދީދީގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އިބްރާހިމް ދީދީގެ އާއިލާގެ މެންބަރަކު ބުނީ ދީދީގެ ހާލު ކޮޅު މަޑު މަޑުން ރަނގަޅު ނަމަވެސް ހޮސްޕިޓަލުން ދޫކޮށް ނުލާ ކަމަށެވެ. އަދި އިބްރާހިމް ދީދީ އަދިވެސް އޮންނެވީ އައިސީޔޫގައި ކަމަށް ވެސް އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދީދީ އެޑްމިޓްކުރެއްވީ، ހިތުގެ އާލާސްކަންފުޅަކާއި ގުޅިގެން ރޭގެ ވަގުތެއްގައި އައިޖީއެމްއެޗަށް ވަޑައިގަތުމުން ހާލުކޮޅު ގޯސްވުމާއި ގުޅިގެންނެވެ. ދީދީ ގާތް ބޭފުޅަކު ވިދާޅުވީ، ދީދީ އަކީ ހިތުގެ އާލާސްކަންފުޅަށް މީގެ ކުރިންވެސް ފަރުވާ ހޯއްދަވާފައިވާ ބޭފުޅެއްކަމަށާއި އެޑްމިޓްކުރީ "ކާޑިއޯ ތްރެޓް"އެއްގެ ސަބަބުން ކަމަށެވެ.
ދީދީ އައިސީޔޫގައި އެޑްމިޓްކުރައްވާފައިވާއިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ދީދީގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލާފާއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި ދީދީ ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު ދީދީގެ ހާލު އަންނަނީ ރަނގަޅުވަމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ