މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ ވައިޓް އެލަރޓް ނެރެފި

މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މުޅި ރާއްޖެއަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ.
އެ އިދާރާއިން މިރޭ 19:00ގައި ނެރެފައިވާ އެލަރޓްގައި ބުނެފައިވަނީ އުތުރާއި މެދުރާއްޖެތެރެ އަދި އެންމެ ދެކުނުގެ އަތޮޅުތަކަށް ގުގުރާ، ބޯކޮށް ވާރޭވެހޭނޭކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލުގެ ބާރުމިނަށް ވައިގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ. އެ އިދާރާއިން މި އެލަރޓް ނެރެފައިވަނީ މިރޭ 19:20 އިން ދަންވަރު 01:20ގެ ނިޔަލަށެވެ.
ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައިވެސް މޫސުން ގޯސްވާނޭކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފައިވާއިރު ކަނޑު ދަތުރު ކުރައްވާ ބޭފުޅުން މޫސުމަށް ސަމާލުކަން ދެއްވުމަށް ކަމާއި ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ