ރައީސް ނަޝީދާއި، ވައިސް ޕްރެޒިޑެންޓް އަދީބު ސުޕްރީމް ކޯޓުގެ ހުކުމުގައި ވާގޮތަށް ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ވަގުތުން ގެންނަންވާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ، ސިޔާސީ 9 ބޭފުޅަކު ދޫކޮށްލެއްވުމަށް ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމަށް ސަރުކާރަށް ގޮވާލައްވަމުން އޭނާގެ ކެމްޕޭން ވައިބާ ގުރޫޕް ކަމަށްވާ "އުމަރު 2018" ވައިބާ ގުރޫޕުގައެވެ.
ވައިބާ ގުރޫޕުގައި އުމަރު ނަސީރު އިއްޔެ ވިދާޅުވެފައިވަނީ "ސްޕްރީމް ކޯޓުގެ އަމުރަށް ތަބާވެ އެންމެން ދޫކޮށްލުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން. ނަމަވެސް ރައީސް ނަޝީދާއި، ވައިސް ޕްރެޒިޑެންޓް އަދީބު އަލުން ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ވަގުތުން ގެންނަންވާނެ ކަމަށެވެ.
އުމަރު ވިދާޅުވިގޮތުގައި ރައީސް ނަޝީދާއި އަހުމަދު އަދީބަކީ ރޯމާ ދުވާލު ކޮރަޕްޝަން ހިންގައި ފަނޑިޔާރަކު ވަގަށްނަގައި ސުޕްރީމް ކޯޓުގައި ތަޅުއަޅުވައި ގާނޫނީ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރައްވާފައިވާ ދެ ބޭފުޅުން ކަމަށެވެ.
"މި ދެބޭފުޅުންވަނީ ރޯމާދުވާލު ކޮރަޕްޝަން ހިންގައި ފަނޑިޔާރަކު ވަގަށްނަގައި ސްޕްރީމްކޯޓުގައި ތަޅުއަޅުވައި ގާނޫނީ ބާރުތައް ނުހަމަގޮތުގައި ބޭނުން ކުރައްވައިފައި،" އުމަރު ވިދާޅުވެފައި ވެއެވެ.
އުމަރު ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ޔާމީނާމެދު ހިތްހަމަ ނުޖެހިގެން އުޅެނީ ވެސް ރައީސް ނަޝީދު އަމަލުކުރެއްވި ގޮތަށް ރައީސް ޔާމީންވެސް އަމަލު ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
"މިއަދު ރައީސް ޔާމީނާ މެދުވެސް ރައްޔިތުން ހިތްހަމަނުޖެހިގެން މިއުޅެނީ ހަމަ ރައީސް ނަޝީދު ކުރެއްވި ކަންކަން އެގޮތަށް ކުރައްވާތީ. އެއްވެސް ތަފާތެއް ނެތް،" އުމަރު ވިދާޅުވިއެވެ.
ރައީސް ނަޝީދުއާއި އަދީބް ދޫކޮށްލުމަށްފަހު ވަގުތުން ހައްޔަރު ކުރަންޖެހޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ