ހައްދުންމަތީ ރައްޔިތުން ރައީސް ޔާމީނަށް ވޯޓް ދިނުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓު ދިނުމަށް ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ލ. އަތޮޅުގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.ހައްދުންމަތީގައި ބަހުގެ ޚިދުމަތް ތަޢާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މުޅި ރާއްޖޭގެ އިތުރުން ލ. އަތޮޅަށް އަންނަމުންދާ ތަރައްގީއަށް ބަލާއިރު، މިއީ ރައްޔިތުން ދުވަހަކުވެސް ހުވަފެނުގައި ވެސް ދެކެފައި ނުވާފަދަ ތަރައްގީއެއް ކަމަށެވެ. އަދި މިތަރައްގީގެ ސިއްރަކީ ކޮބައިތޯ އަބްދުއްރަހީމް ވަނީ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ރައްޔިތުން ދެކެ ލޯބިވާ އިޚުލާސްތެރި ވެރިއެއް ކަމަށާއި، ރައީސް ޔާމީން ގައުމަށް ގެންނަމުންދާ ތަރައްގީއަށް ރައްޔިތުން ޝުކުރުވެރިވާންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ އިގުތިސާދީ ފުދުންތެރިކަން ކުޑަ ގައުމެއްގައި ދަތިތަކެއް ހުރެދާނެއެވެ. އަދި ހުރިހާ ރަށަކަށް އެއްފަހަރާ ޚިދުމަތް ފޯރުކޮށްދިނުމަކީ އެއީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ހައްދުންމައްޗާއި، ޚާއްސަކޮށް ފޮނަދޫއަށް ސަރުކާރުން ގެންނަ ތަރައްގީ ރައްޔިތުން ބަލައިގަނެ، 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓް ދޭންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ