ސިޔާސީ ލީޑަރަކަށް ވުމަކީ ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ދެވޭ ލައިސަންސެއް ނޫން - ޑރ. ޚަލީލް

ސިޔާސީ ލީޑަރަކަށްވުމަކީ ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާ ދައްކަން ނުޖެހޭގޮތަށް ލިބޭ ލައިސަންސެއް ނޫންކަމަށާއި، އިދިކޮޅުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށްފަހު، ދައުލަތައް ދައްކަން ހުރި ފައިސާތައް ދެއްކެވުމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.ޗެނަލް 13 ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްޓްރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބުދުﷲ ޚަލީލް ވިދާޅުވީ ދައުލަތުގެ ފައިސާއަކީ ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާ ކަމަށާއި، އެފައިސާ ދައްކަވަންޖެހޭނެކަމަށެވެ. އަދި ފައިސާ ނުދައްކާނަމަ، އެ ފައިސާއެއް ހޯދުމަށް ދައުލަތުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކާ ކޮމިޝަނެއް އުފައްދައިގެން މިސަރުކާރަށް މަސައްކަތް ކުރަން ޖެހުނީ ކުރީގެ ސަރުކާރުތަކުން އެކަމަށް އިހުމާލުވެފައިވުމުން ކަމަށް ޚަލީލް ވިދާޅުވިއެވެ.ބޮޑެތި ކޮރަޕްޝަންތައް ހިންގާފައި ތިބި ފަރާތްތަށް މިވަގުތު ތިބީ އިދިކޮޅުގައިކަން ފާހަގަކުރައްވާ ޚަލީލު ވިދާޅުވީ އެފަދަ ފަރާތްތަކުން ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލަމުންދަނީ އެބޭފުޅުން ދައްކަވަންޖެހޭ ފައިސާ ނުދައްކާ ރެކިވަޑައިގަތުމަށްކަމަށެވެ. ޚަލީލު ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންވެސް މިފަދަ ގޮތްގޮތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާކަމަށެވެ. 
ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ: ނާސިފް
 ޑރ. ޚަލީލް ވިދާޅުވީ ސިޔާސީ ލީޑަރަކަށް ވެވަޑައިގެންނެވުމަކީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން ރެކިވަޑައިގެންނެވުމަށް ލިބޭ ފުރުސަތެއްވެސް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީން ބާރު ލިބިގެން ގާއިމް ކުރެވިފައިވާ ޓެކްސް ނިޒާމެއްގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކާ މަސައްކަތް ކުރެވެމުންދާނީ ވަކި ފެންވަރަކަށް ނުބާލާ ވަކި ބޭފުޅެއް އިސްތިސްނާ ކުރުމެއްނެތި އެންމެންވެސް ހަމަހަމަ ކަމާއެކު އެއް އުސޫލަކުން ކަމަށެވެ. އަދި ގާނޫނުންތަކުން ރެކި ވަޑައިގަތުމަށްޓަކާ ސިޔާސީ އެކިއެކި ފޯރަމްތައް ބޭނުންކޮށްގެން ގައުމުގެ މަސައްލަހަތު ނަގާލާ ގައުމު ހަލަބޮލިކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލުމަށް ޑރ. ޚަލީލް އިލްތިމާސް ކުރެއްވިއެވެ.މީގެއިތުރުން ރާއްޖޭގައި ކުރިން ހިންގާފައިވާ ކޮރަޕްޝަންތަކުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އިހުމާލުވެފައި ވަނީ ކީތްވެގެންތޯ ޑރ. ޚަލީލް ވަނީ ސުވާލު އުފައްދަވާފައެވެ.ޚަލީލް ވިދާޅުވީ ރައީސް ޔާމީނަކީ ގަޓް ހުރި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅުއްވި ކޮރަޕްޝަނުގެ ތުހުމަތާއި ކުރިމަތިލައްވާ ޖަވާބުދާރީވެ ވަޑައިގަންނަވަން ކެރިވަޑައިގެންނެވުމުން ކަމަށް ވިދާޅުވިއެވެ. އަދި މި ތުހުމަތުތަކަކީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއްކަން އެންމެގެ ކުރިމަތީގައި ދިވެހިރައްޔިތުންނަށް ސާފްކޮށްދެއްވި ހަމައެކަނި ރައީސަކީވެސް މިހާރުގެ ރައީސް ޔާމީން ކަމަށް ޚަލީލް ވިދާޅުވިއެވެ. މީގެއިތުރުން ޑރ. ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ފެނިގެންދަނީ ގައުމުގައި ހުންނަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިތުރަށް މައްސަލަތައް އުފައްދައިގެން ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ މަންޒަރުކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ހުއްޓާލެއްވުމަށްފަހު ދިވެހިރައްތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމަށް އެފަރާތްތަކަށް ޚަލީލް ގޮވާލެއްވިއެވެ.
އަހުމަދު ތޯޢިލް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
1 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ