ނަޝީދު އާއި ގާސިމް ޑީލަކަށް، މައުމޫނާއި އިމްރާން “ވޭސްޓެޑް”

އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަޝްވަރާގެ ބޭރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ޑީލެއް ހަދަން ނިންމައިފިއެވެ.
“ރުމާލު2” އަށް އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކެނެރީގޭ މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބަށް ދެފަރާތުން ގުޅިގެން ވާދަކުރުމަށް ނިންމާފައެވެ. ނަޝީދާއި ގާސިމަށް އިންތިހާބުގައި ވާދަކުރުމަށް ޤާނޫނީ ހުރަސްތަކެއް ހުރި އިރު އެ ދެބޭފުޅުން މިހާރު އެއްބަސްވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިންމޭޓެއް ނެރުމަށް ނިންމާފައެވެ.
ގާސިމް އާއި ނަޝީދު އެއްބަސްވެފައިވާ މި ޑީލަށް އެމްޑީޕީގެ މެންބަރުންގެ ޚިޔާލު ހޯދުމަށް ނަޝީދު ވަނީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ނަޝީދު ވަނީ ޑީލްގައި ހިމެނޭ ކަންތައް އެމްޑީޕީގެ ޤައުމީ މަޖިލީހާއި ހިއްސާކުރައްވާފައެވެ.
ނަޝީދު މަކަރުވެރިކަމުން ޤާސިމް އެމްޑީޕީ އަށް ހުށަހެޅި ޑީލް ޤައުމީ މަޖިލީހުގެ މެންބަރުންނާއި ހިއްސާކުރީ، “4 ޚިޔާލެއް” ކަމަށް ވިދާޅުވެއެވެ. އެ 4 ޚިޔާލަށް ބަލާއިރު ނަޝީދާއި ޤާސިމަށް އިންތިހާބުގައި ވާދަނުކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ. އަދި މަޖިލީހުގެ ތެރެއިން އެބޭފުޅުންނަށް ވާދަކުރެވޭނެ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެނައުމަށް ވޯޓު ހަމަކުރެވޭކަށް ވެސް ނެތެވެ.
އެހެން ކަމުން ޤާސިމް އާއި ނަޝީދުގެ މެދުގައި ހަދަން އުޅޭ ޑީލަކީ، އެމްޑީޕީގެ ކެންޑިޑޭޓަކާއި ޖޭޕީގެ ރަނިން މޭޓެއް ނެރޭގޮތަށް ހަމަޖައްސައި، ވެރިކަމުގެ “ބޯކިބާ” ދެބޭފުޅުންނަށް ބަހާލެއްވުމެވެ. އެއާއި އެކު ރައީސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.
އަދާލަތާއި މައުމޫނު އެކަހެރިކުރުމަކީ އެމްޑީޕީގެ ލާދީނީ އެޖެންޓުން ވެސް ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި އެޕާޓީގެ ލާދީނީ ސިޔާސަތު ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށް މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ