މައުމޫނު ވަނީ އަޅުގަނޑު މެދުވެރިކޮށްވެސް އަލީ ހަމީދާ ޑީލްތައް ހަދާފައި - ޒައިދުލް އަމީން

މީގެ ކުރިން މައުމޫނު ވަނީ އަޅުގަނޑު މެދުވެރިކޮށްވެސް ފަނޑިޔާރު އަލީ ހަމީދާ އެތައް ޑީލެއް ހަދާފައި ކަމަށް ކުރީގެ މާލެ ސިޓީ ކައުންސިލްގެ މެންބަރު ޒައިދުލް އަމީން ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާ ވީޑިއޯއެއްގައި ޒައިދުލް އަމީން އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހުގެރޭ ނެރެނު އަމުރަކީ ކުރީގެ ރައީސް މައުމޫނު އިސްވެ ހުރެ ފަނޑިޔާރު އަލީ ހަމީދަށް ނުފޫޒު ފޯރުވައިގެން ނެރެފައިވާ އަމުރެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މީގެކުރިން އަޅުގަނޑު މެދުވެރިވެގެން އެތައް އެތައް ކަމެއް ކޮށްފަ އެބަހުރި ރައީސް މައުމޫނާ އަލީހަމީދާ އަޅުގަނޑާ ރައްޓެހި ކުރުވާ ދިމާކޮށްފައި. އެހުރިހާ ކަމެއްގައި އަޅުގަނޑު ރައީސް މައުމޫނުގެ މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވާކަމުން މިގޮތަށް މިވާހަކަ ދަންނަވާލަން މި އެނގުނީ. ފުރަތަމަ ކަމަކަށް އަލީ ހަމީދުމެން ގޭގައި އެތައް ދުވަހެއް ހޭދަކުރިން އެތައް މައްސަލައެއްގައި އެގޭ ކޮޓަރިއެއްގައި ނިދާ އަލީ ހަމީދުގެ އާއިލާއާއެކު އެތައް ދުވަހެއް ހޭދަކުރިން. އެ ސަބަބާހުރެ ރައީސް މައުމޫނުގެ މައްސަލައެއް ކަމަށްވަންޏާ ރައީސް މައުމޫނުގެ ފަރާތުން އަޅުގަނޑު ފޮނުވާފައި ހުންނެވި ސަބަބަކީ ރައީސް މައުމޫނުގެ އޭރުގެ މުވަށްޒަފެއްގެ ގޮތުގައި އަޅުގަނޑު ހުންނާތީ." ޒައިދުލް އަމީން ވިދާޅުވެފައިވެއެވެ.
މި ހުރިހާ ކަމަކުން އެނގިގެން ދިޔައީ ރައީސް މައުމޫން ކޯޓު ތެރެއަށް ނުފޫޒް ފޯރުވަމުންދާކަން ކަމަށް ޒައިދުލް އަމީން ވިދާޅުވިއެވެ.
ޒައިދުލް އަމީން ވިދާޅުވީ، އޭނާ އަލީ ހަމީދުގެ ގޭގައި ހޭދަ ކުރެއްވި ދުވަސްތަކުގައި އަލީ ހަމީދު މެންގެއަށް ރައީސް މައުމޫންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށެވެ.
"އޭގެ އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނަން އެގޭގެ ސެކިޔުރިޓީގެ ގޮތުންވެސް ޕޮލިހެއް ހުންނަކަމުގައި ވިޔަސް އަލީ ހަމީދު މެންގޭގައިވެސް އަލީ ހަމީދުއާ އެކުގައިވެސް ރައީސް މައުމޫންގެ މައްސަލަތަކުގައި ސެކިޔުރިޓީ ދެމުން ދިޔަ" ޒައިދުލް އަމީން ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އެގޭގެ ސެކިޔުރިޓީ ސިސްޓަމްތައްވެސް ހަދާފައި ހުރި ރައީސް މައުމޫންގެ ހަރަދުގައިކަމަށް ޒައިދުލް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ