7:00 | އެތައް ދުވަހުގެ އުންމީދަށް ފަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ހެނދުނު 8:00 ގައި ފަށާނެ އެވެ. މިރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައިހުރި ސަރަހައްދުތަކުގައި މިހާރު ވެސް ވޯޓުލާން މީހުން ގޮސް އެބަތިބި.
މި އިންތިހާބުގައި ވޯޓުލުމަށް ރޭ ދަންވަރު ބާރަޖެހި އިރު މިއަތޮޅު ކިހާދޫގައި ވަނީ ކިޔު ޖެހިފައި. ކިއުގައި ޖެހުނު މީހުން ބުނީ ހިތާދޫ ވޯޓު ފޮއްޓަށް ލާ އެންމެ ފުރަތަމަ ވޯޓަކީ އިބޫއަށްދޭ ވޯޓަކަށް ހަދަން ބޭނުންވާތީ ރޭކިއުއި ޖެހުނީ ކަމަށް.
އަޅުގަނޑުމެންގެ މި ނޫހަކީ ހަމައެކަނި ބ. އަތޮޅަށް އަމާޒުކޮށް ނެރޭ ނޫހަކަށްވާތީ. އަޅުގަނޑުމެންގެ ނޫސްވެރިން ބ. އަތޮޅުގައި މި އިންތިހާބު ކަވަރު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާނެ. އެގޮތުން އީޓީގެ ނިއުސް ޓީމު ހަރަކާތްތެރިވަމުންދާނީ ބ. އަތޮޅު ޚާއްސަކޮށް އޭދަފުށީގައި ވޯޓު ލުމުގެ ހަރަކާތްތަކާއި ރަށުތެރޭގެ ހާލަތާއި ވޯޓުގެ ނަތީޖާ ވަގުތުން ވަގުތުން ތިޔަ ކިޔުންތެރިންނަށް ގެނެސްދިނުމަށް.
ލައިވް: ރިޔާސީ އިންތިހާބު 2018
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ