ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭން ހަމަޖެހިފައިވާ ފައިސާ ދޫކުރާނޭ ކަމަށް އެލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ އިލެކްޝަންސް ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓް ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކާ ހަވާލުކުރަންޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ވާކަމަށާއި، މި މުއްދަތުގެ ކުރިން ސިޔާސީ ޕާޓީތަކާ ލާރި ހަވާލުކުރާނޭ ކަމުގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވަނީ، ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10 ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭންޖެހޭނެ ކަމަށާއި، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓް ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕާޓީތަކާ ހަވާލުކުރަންޖެހޭނެކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ޤާނޫނުގައި ކަނޑައަޅަފައިވާ މުއްދަތު ހަމަވާނީ އަންނަ މަހުގެ 08 ވަނަ ދުވަހުއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނަން- އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ