ހެކަރުން ހަމަލާ ދިނީ މުވައްޒަފުންނަށް: ޓްވިޓަރ

ޖުލައި 15 ވަނަ ދުވަހު ހެކަރުން ހަމަލާދީފައިވަނީ ޓުވިޓާރ ގެ އެކައުންޓު ސަޕޯޓް އަށް އެކްސެސް ވާ މުވައްޒަފުންނަށް ކަމަށް ޓުވިޓާރ އިން ބުނެފި އެވެ.
Twitter Embeded
ޓުވިޓާރ އިން ބުނެފައިވަނީ، ހެކަރުން ހަމަލާދީ އެކްސެސް ވީ އެކައުންޓު ސަޕޯޓް ޓޫލް ތައް ހުރި މުވައްޒަފުންގެ އެކައުންޓު ތަކަކަށް ކަމަށެވެ. އެ އެކައުންޓް ތަކަށް އެކްސެސް މަށްފަހު ހެކަރުން އަމާޒު ހިފާފައިވަނީ 130 ޓުވިޓާރ އެކައުންޓްތައް ކެހް ކުރުމަށްކަމަށް ޓުވިޓާރ އިން ބުނެއެވެ.
45 އެކައުންޓުން ޓުވީޓް ކޮށް، 36 ޑީއެމް އަށްފަހު، 7 އެކައުންޓުން މައުލޫމާތު ޑައުންލޯޑު ކޮށްފައިވާ ކަމަށް ޓުވިޓާރ އިން ބުންޏެވެ. މިކަހަލަ ކަމެއް ވިޔަ ނުދިނުމަށް ޓުވިޓާރ އިން ދަނީ ސެކިއުރިޓީ އަޕްޑޭޓް ތައް އަވަސް ކުރަމުންނާއި، އިތުރަށް ވަރުގަދަ ކުރަމުން ކަމަށްވެސް ޓުވިޓާރ އިންވަނީ ބުނެފައެވެ.
ޓުވިޓާރ އިން ބުނީ، ޓްވިޓާރ ގެ އިންޓާރނަލް ޓޫލް ތަކާއި، ސިސްޓަމް ތަކަށް އެކްސެސް ވެވޭވަރު ވަރަށް މަދު ކޮށްފައިވާ ކަމަށާއި މިކަންތައް ނިމެންދެން ޓްވިޓާރގެ ރެސްޕޮންސް ޓައިމް އެހީ ބޭނުންވާ ފަރާތްތަކަށް، އެހީ ލިބުން ލަސްވާނެ ކަމަށެވެ.
މިހިނގައި ދިޔަ ހާދިސާ އިން އެނގެނީ، ޓުވިޓާރ ގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުހިންމު ކަން ކަމަށާއި ޓުވިޓާރ އިން ޒިންމާދާރު ކަމާއިއެކީ، އެކައުންޓުތަކާއި އެކައުންޓުގައި ހުރި މައުލޫމާތު ތައް ސަލާމަތުން ބަހައްޓާނެ ކަމަށް ޓުވިޓާރ އިން ވަނީ ބުނެފައެވެ.
ޓުވިޓާރ އަކީ ގައުމުތަކުގެ ރައީސުންނާއި އިސްވެރިންނާއި، މަޝްހޫރު ޝަހުސިއްޔަތުން ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމަކަށް ވާއިރު ހެކަރުންގެ ހަމަލާތަކެއް ވަނީ ކުރިންވެސް އައިސްފައެވެ. މިހާދިސާއަކީ ޓުވިޓާރ ގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއެވެ. މިމައްސަލަ އާއި ގުޅިގެން އެއްވެސް މައުލޫމާތެއް ނުފޮރުވައި، ތެދު ހަގީގީ މައުލޫމާތުތައް ޓުވިޓާރ އިން ހިއްސާ ކުރަމުން ގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ