ކޮވިޑް19: ފުލުހުންނާއި ސިފައިންނަށް ކޮވިޑް އެލަވެންސް ޖަމާ ކުރަން ފަށައިފި

ކޮވިޑް-19އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ފުލުހުންނާއި ސިފައިންނަށް އެލަވަންސް ދޭން ފަށައިފި އެވެ.ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންނާއި ސިފައިންނަށް ދޫކުރަން ޖެހޭ ފައިސާގެ އަދަދު 80 ވަރަަކަށް މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުުވެފައެވެ.ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސިފައިންނާއި ފުލުހުންގެ ތެރެއިން 6،518 މުވައްޒަފުންނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 44.5 މިލިއަން ރުފިޔާ އިއްޔެ ވަނީ ޖަމާކޮށްފަ އެވެ. އެއީ 3،148 ފުލުހުންނަށް 20.5 މިލިއަން ރުފިޔާ އާއި 3،334 ސިފައިންނަށް 24 މިލިއަން ރުފިޔާ އެވެ.މިއާއެކު މިހާތަނަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ވަނީ 78 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެލަވަންސް ދޭން ނިންމިތާ ހައެއްކަ މަސް ފަހުން ފުލުހުންނާއި ސިފައިންނަށް އެލަވެންސް ޖަމާ ކުރަން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ހަރުދަނާ އުސޫލެއްގެ ދަށުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަަށް އެލަވެންސް ޖަމާ ކުރަމުންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ފައިސާ ދޫކުރަން ހަމަޖައްސާފައި ވަނީ މާޗް ހަތަކުން ފެށިގެން މަސައްކަތް ކޮށްފައިވާ މީހުންނަށެވެ. އެގޮތުން ފައިސާ ދޫކުރުމުގައި ބަލާ ތިން ކެޓަގަރީއެއް މިނިސްޓްރީން ހަމަޖައްސާފައި ވެއެވެ.އެލަވަންސް ދިނުމުގެ އުސޫލު ކަނޑައަޅާފައިވަނީ ހައި ރިސްކް، މީޑިއަމް ރިސްކް އަދި ލޯރިސްކް ކެޓަގަރީއަށް ބަހާލައިގެންނެވެ. މި އުސޫލު ކަނޑައަޅާ މިކަމާގުޅޭ މަސައްކަތްތައް ކުރިއަށްގެންދަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި، ރައީސް އޮފީހާއި މިނިސްޓްރީ އޮފް ހެލްތާއި ފިނޭންސް ގުޅިގެންނެވެ.އެލަވަންސް ދެނީ ހައިރިސް ކެޓަގަރީއަށް ދުވާލަކަށް 500 ރުފިޔާ، މިޑިއަމް ރިސްކް ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކް ކެޓަގަރީއަށް ދުވާލަކަށް 200 ރުފިޔާއެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 9,494 އަރާފަ އެވެ. މިއަދު ކޮވިޑުން ރަނގަޅުވީ 130 މީހުންނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 8،033 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،422 މީހުންނެވެ. ކޮވިޑްގައި 33 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 104 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތެރޭގެ 20 ރަށެއްގައި 70 މީހަކަށް ބަލިޖެހިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ