ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކޭސްތައް ގިނަ: އެޗްޕީއޭ

ރާއްޖެ އިން ކޮވިޑަށް އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 40 އިންސައްތަ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެޗްޕީއޭ އިން ހާމަކޮށްފިއެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކުރާގޮތުގައި އަލާމާތްތައް ހުންނަ މީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުނަމަވެސް ބަލީގެ އަލާމާތްތައް ނުހުންނަ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރޭ މިންވަރު ދަނީ އިތުރުވަމުންއެވެ.
އެޗްއީއޯސީ އިން ދާދި ފަހުން ބުނެފައި ވަނީ މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ ޖުމްލައަށް ބަލާއިރު ގިނައީ އަލާމާތްތައް ހުންނަ މީހުން ކަމަށެވެ.
ބަލި ޖެހޭ މީހުން އެންމެ ގިނައީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ކޮންޓެކްޓުން ވެސް ގިނައީ އެ އުމުރުފުރައިގެ މީހުންނެވެ. އަދި މި ފަހަކަށް އައިސް އެއްވެސް ކްލަސްޓާއަކާ ގުޅުން ނެތް ކްލަސްޓަތައް ފެންނަ މިންވަރު ވެސް އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މިހާތަނަށް ކޮވިޑް ބަލީގައި 22 މީހަކު މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ