10،000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވޭ ގޮތަށް އޮތަސް ކަންބޮޑެއް ނުވޭ: އަދާލަތު

ސިޔާސީޕާޓިތަކުގެ ބިލުގައި 10،000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވޭ ގޮތަށް އޮތް ނަމަވެސް އެ އަދަދު މަދުކުރަން އަދާލަތު ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް އެޕާޓީން ބުނެފި އެވެ.
މިއަދު މެންދުރުފަހު އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އިސް ތަރުޖާމާނު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު 10000 ވުރެ އިތުރު ކުރި ނަމަވެސް އަދާލަތު ޕާޓީން އެކަމާ ކަންބޮޑުވެގެން މައްސަލަ ނުޖައްސާނެ ކަމަށެވެ. އަދި މިކަމުގައި އަދާލަތު ޕާޓީން އިތުރަށް ބޮޑެތި ސިޔާސީ ޕާޓީތަކުގެ އެއްވެސް އެހީ އެއް ވެސް ނުހޯދާނެ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ އެޕާޓީން މަސައްކަތް ކުރާނީ އަމިއްލަ ފައިމައްޗަށް ތެދުވެ، ޕާޓީ ވަރުގަދަކޮށް، ގާނޫނުގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން އިތުރު ކުރުމަށް ކަމަށާއި އެގޮތުން އެޕާޓީން މެމްބަރުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާދަމާ ހަވީރު ވެސް އާޓިފިޝަލް ބީޗްގައި ޚާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.
އަދާލަތުން އެހެން ބުނި ނަމަވެސް ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އަދާލަތަށް ޓާގެޓްކޮށް އެ ޕާޓީ އުވާލުމަށް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ