އޭލެވެލްގައި ތިން ފާސް ހޯދާ ކޮންމެ ދަރިވަރަކަށް ޔުނިވާސިޓީ ތައުލީމު ލިބޭނެ: ޔާމީން

ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ އޭލެވެލް އިމްތިހާނުން ދަށްވެގެން ތިން މާއްދާއިން ފާސްވާ ކޮންމެ ދަރިވަރަކީ ޔުނިވާސިޓީ ތައުލީމު ހާސިލު ކުރާނެ ކުއްޖަކަށް ހަދައި ދިނުމަކީ އެ ޕާޓީގެ ވައުދެއް ކަމަށް ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވި ހާއްސަ މެސެޖެއްގަ އެވެ.
މެސެޖުގައި ވިދާޅުވެފައި ވަނީ މާދަމައަކީ ދިވެހި ތައުލީމީ ހަޔާތުގައި އާ ސަފުހާއެއް އެއްލާ ދުވަހެއް ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިތިބި ދިވެހި ކިޔަވާ ކުދިން، ދުނިޔޭގެ ފެންވަރުގައި ބޭއްވޭ ބޮޑު އިމްތިހާނެއްގައި ބައިވެރިވާ ދުވަސް ކަމަށެވެ. ވިދާޅުވެފައިވަނީ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި ޓީޗަރުން ދަރިވަރުންގެ ހައްގުގައި އުފުލި ބުރަ އާއި މަތިވެރި ވާޖިބުގެ އަގު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ އިމްތިހާނުގައި ހޯދާ ނަތީޖާއިން ކަމަށެވެ. އަދި އިމްތިހާނުގެ ނަތީޖާއަކީ ދަރިވަރުންގެ މުސްތަގުބަލު އޭގެ މައްޗަށް ބިނާވާނެ ނަތީޖާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމަށާއި މާދަމާ ފަށާ އިމްތިހާނުން ރަން ވަނަ ތަކެއް ދަރިވަރުން ހޯދައިދޭނެ ކަމާމެދު ސައްކު ނުކުރާ ކަމަށް ވެސް ޔާމީން ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ