ސްކޫލު ބަންދާއި ދިމާކޮށް ކުރިއަށް އޮތް ހަފުތާ ބަންދުތެރޭގައި ފުވައްމުލަކަށް ދެ ފްލައިޓެއް އޮޕަރޭޓް ކުރަން ނިންމާފައިވާކަމަށް ވިލާ އެއާއިން ބުނެފި އެވެ.
މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އޮޕަރޭޓް ކުރަން ހަމަޖައްސާފައިވާ މި ފްލައިޓްގެ ޓިކެޓް ތިން ދުވަސްކުރިން ނަގާނަމަ، އެއްކޮޅު ޓިކެޓް 999ރ. ލިބޭއިރު، ފަސިންޖަރުން ބޭނުންވާ ދުވަހަކު ޓިކެޓް ގަންނަ ނަމަ ބޮޑު މީހަކަށް އެއްކޮޅު ޓިކެޓުގެ އަގު އުޅެނީ 1395ރ. އަށެވެ. ކުޑަކުއްޖެއްނަމަ އެއްކޮޅު ޓިކެޓު ވިއްކަނީ 1040ރ. އަށެވެ.
ޗުއްޓީ ދުވަސްވަރު ދުވާލަކު ދެ ފްލައިޓު ފުވައްމުލަކާއި މާލެއާއި ދެމެދު އޮޕަރޭޓްކުރާއިރު، މާލެއާއި ފުވައްމުލަކާއި ދެމެދު ވެސް ދެ ފްލައިޓް އޮޕަރޭޓްކުރުމަށް ވަނީ ހަމަޖައްސާފަ އެވެ. މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އޮޕަރޭޓްކުރާ މި ފްލައިޓުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓް ހެނދުނު 8:00 ޖަހާއިރު މާލޭއިން ފުރާއިރު، އެ ފްލައިޓު ފުވައްމުލަކުން ފުރުމަށް ތާވަލުކޮށްފައިވަނީ 9:40 ގައެވެ. އަދި ދެވަނަ ފްލައިޓު ހެނދުނު 9:20 ގައި މާލޭއިން ފުރާއިރު، އެ ފްލައިޓު ފުވައްމުލަކުން ފުރުމަށް ހަމަޖައްސާފައިވަނީ، 11:05 ގައެވެ.
ފުރަތަމަ ޓާމްގެ މިޑްޓާމް ބަންދާއި ދިމާކޮށް ތާވަލުކޮށްފައިވާ މި ދަތުރުތަކުގެ ޓިކެޓް މިއަދުން ފެށިގެން ފްލައިމީ ޓިކެޓިން އެންޑް ރިޒަވޭޝަން އޮފީހުންނާއި ޕެސެންޖާ ސޭލްސް އެޖެންޓްތަކުން ލިބެން ހުންނާނެ ކަމަށް ވިލާ އެއާއިން ބުންޏެވެ. ކިއުގައި މަޑުކުރައްވަން ނުޖެހި ހިތްގައިމު އެކުވެރި އަދި އަރާމު މާހައުލެއްގައި ދަތުރުކުރުމުގެ ފުރުސަތު ފްލައިމީގެ ބޯޓުތަކުން ތަނަވަސްކޮށްދޭއިރު، ފްލައިމީން ވަނީ ފުވައްމުލަކަށް މިމަހުގެ 15 ވަނަ ދުވަހު ހެޔޮ އަގެއްގައި ދަތުރުތައް ފަށާފަ އެވެ.
ސްކޫލް ބަންދު ތެރޭގައި ފުވައްމުލަކަށް ފްލައިމީގެ ދެ ފްލައިޓެއް އޮޕަރޭޓް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ