އިޓަލީ ސިފައިންގެ ދެ މީހުން އިންޑިޔާއަށް ހިނގައްޖެ

އިންޑިއާގެ ދެ މަސްވެރިއަކު މަރާލިކަމުގެ ތުހުމަތުގައި އިންޑިއާގައި ހައްޔަރު ކޮށްފައިތިބި އިޓަލީގެ ދެ ސިފައިން ވޯޓް ލުމަށް ޤައުމަށް ދިއުމާއި ގުޅިގެން ހިނގި އަރައިރުންތަކަށްފަހު އެ ދެމީހުން އެނބުރި އިންޑިއާއަށް ގޮސްފި އެވެ.
އެނބުރި ވެރިރަށް ދިއްލީއަށް ރ ގޮސްފައިވާ މި ދެމީހުން އިންޑިއާއަށް ފޮނުވަން އިޓަލީން އެއްބަސްވީ، މި ދެ މީހުންގެ މައްޗަށް ވެސް ކުރެވޭ ދައުވާ އާއި ގުޅިގެން މަރުގެ ހުކުމް ނުއިއްވާނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދިނުމާއި ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން މި ދެ މީހުންނަށް އިންޑިއާގައި ފުރިހަމަ ހިމާޔަތާއެކު، ދިއްލީގައި ހުންނަ އިޓަލީ އެންބަސީގައި ދިރިއުޅުމުގެ ކަންތައްތައް ވެސް ހަމަޖެހިފައިވާއިރު، ސުޕްރީމް ކޯޓުން ދޭ ހުއްދައަކާއި އެއްގޮތަށް އިންޑިއާގެ އެތެރޭގައި ދަތުރު ކުރުމުގެ މިނިވަންކަން ދިނުމަށް ވެސް ދެ ސަރުކާރު ދެމެދުގައި ވަނީ އެއްބަސްވެފަ
އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ ލޮސް އެންޖެލެސް ޓައިމްސްގައި ބުނެފައިވަނީ، މި ދެ މީހުންގެ މައްޗަށް އިންޑިއާއިން ޖަލު ހުކުމެއް އިއްވައިފިނަމަ، އެ ހުކުމް އިޓަލީގެ ޖަލެއްގައި ތަންފީޒު ކުރުމުގެ އިހުތިޔާރު އެ ދެ މީހުންނަށް ދެވޭނެ ކަމަށެވެ.
މި މަހުގެ ކުރީކޮޅު އިޓަލީން މި ދެ މީހުން އިންޑިއާއަށް ފޮނުވުމާ ދެކޮޅު ހެދުމުގެ ސަބަބުން، އިންޑިއާގައި ހުންނަ އިޓަލީގެ އެމްބެސެޑަރު ޑެނިއެލް މަންޗިނީ އިންޑިއާއިން ފުރުން އެ ގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފައިވާއިރު، އާންމުކޮށް މަޑުމައިތިރި ސިޔާސަތުތަކެއް ގެންގުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް މި މައްސަލައިގައި އިޓަލީއަށް ހަރުކަށި އިންޒާރެއް ދެއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ