ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފިއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމަށް 68 މެންބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. ޖޭއެސްސީން ނިންމީ އެ ތުހުމަތުތައް ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމަށް ދެ ފަނޑިޔާރުން އެދިވަޑައިގެންފައިވީ ނަމަވެސް، ކޮމިޓީން ނިންމީ ދެ ފަނޑިޔާރުންނަށް އެ ފުރުސަތު ނުދިނުމަށެވެ. މި މައްސަލަ ނިންމި ކޮމިޓީގެ ބައްދަލުވުން ފަހުން ވަނީ ސިއްރުވެސް ކޮށްފައެވެ.
ޖެނެރޭޝަނަލް ބޭން އެއް ކަނޑައެޅުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މަރުހަބާ ކިޔައިފި މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް އެމީހާގެ އަތް ބުރިވެއްޖެ ކަސްޓަމަރ ސާވިސްގެ އުކުޅުތައް އިތުރަށް ފުރިހަމަކުރުމަށް ފުލުހުންނަށް ބޭއްވި ތަމްރީންތައް ނިންމާލައިފި ޝަމްއާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ