ޖޭއެސްސީ އަށް ސުޕްރީމް ކޯޓުން އާދަމް މުހައްމަދު އިންތިހާބު ކޮށްފި

16:25ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރަން ޖެހޭ މެންބަރު ކަމަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އިންތިހާބު ކޮށްފި އެވެ.ސުޕްރީމް ކޯޓުން ބުނީ ގާނޫނު އަސާސީގެ 158 އަށްވަނަ މާއަދާގެ ށގެ ދަށުން ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޢައްޔަން ކުރަން ޖެހޭ މެންބަރު ޢައްޔަނުކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ވޯޓެއް ނެގުމުން  އާދާމް މުހައްމަދު ހޮވި ވަޑައިގަތީ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. މި ވޯޓުގައި ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރު ބައިވެރިވެ ވަޑައިގެންނެވި އެވެ. މި އިންތިހާބު ބޭއްވީ މިދިޔަ އާދީއްތަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ