މިއުސަމް އައްބާސް
ފަހަކަށް އައިސް ފުލުހުންނަށް ހަމަލާދިނުން އާންމުވަމުންދާތީ އެކަމާ ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކަން ހުއްޓާލުމަށް އެކަން ކުރާ ފަރާތްތަކަށް އެމްޑީޕީގެ ނާއިބު ރައީސް އަލްހާން ފަހުމީ ގޮވާލެއްވުމާ ގުޅިގެން އެކަމަށް ޕޮލިސް ކޮމިޝަނަރ ޝުކުރު ދަންނަވައިފި އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒުގެ ޓްވިޓަރ އެކައުންޓްގައި ދެންމެ އަޕްކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހަވީރަށް އެގޮތައް އިންޓަވިއުދެއްވުމާއި ގުޅިގެން އަލްހާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަލްހާން ވަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ފުލުހުންނަށާއި ސިފައިންނަށް އެއްވެސް ހަމަލާއެއް ނުދިނުމަށް ގޮވާލާފައެވެ. އެގޮތުން އެއީ ތަހުޒީބު މުޖުތަމައުއެއްގައި ކަންކަން ކުރަންޖެހޭ ގޮތް ނޫން ކަމަށްވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.
ފަހަކަށް އައިސް ފުލުހުންނަށް ދެމުންދާ ހަމަލާތައް ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. ރޭ 12:25 ހާއިރު ކާނިވާ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުންދިޔަ ފުލުހެއްގެ ކަރަށް ބަޔަކު ވަނީ ވަޅީން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ. އެމީހާއަށް މިހާރު ފަރުވާ ދެވެމުންދަނީ ލަންކާގައެވެ. މީގެ އިތުރަށް މީގެ އެއްރޭ ކުރިން ނަލަހިޔާ ކައިރީގައި ބަޔަކު ވަނީ ދެ ބުރެއްގެ މަތިން ތިން ފުލުހަކަށް އަނިޔާދީފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް އަނިޔާވި ފުލުސްމީހާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާލާފައެވެ.
ފުލުހުންނަށް ހަމަލާ ނުދިނުމަށް އަލްހާން ގޮވާލެއްވުމާ ގުޅިގެން ޕޮލިސް ކޮމިޝަނަރ ޝުކުރު ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ