2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރަން މަޖިލީހުން ފާސްކޮށްފި 2007 ގެ ފަހުން އުފަންވި މީހުންނަށް ދުންފަތް މަނާކުރަން މަޖިލީހުން ފާސްކޮށްފި

2007 ގެ ފަހުން އުފަންވި، އަދި އުފަންވާ ހުރިހާ އެންމެންގެ އިތުރުން 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް މަނާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރަން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު، އަލީ އަޝްރަގު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ވާގޮތުން:
އެ ބިލުގައި ބުނެފައި ވަނީ، ބިލުގައި ހުރި ކަންކަމާ ހިލާފަށް އަމަލު ކުރާ މީހަކު 1000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރަން މަޖިލީހުން ބިލެއް ފާސް މިކުރީ ދުންފަތާ ބެހޭ މާސްޓާ ޕްލޭން ވުޖޫދުވުމުގެ ކުރިންނެވެ.
ދުންފަތާ ގުޅޭ މާސްޓާ ޕްލޭނެއް ހަދަން ރައީސް ކެބިނެޓަށް އެންގެވީ އޮކްޓޯބަރު 16، 2024، ގަ އެވެ. އެ މާސްޓާ ޕްލޭން ހަދަން ރައީސް ދެއްވި ސުންގަޑި ވެސް ވަނީ ހަމަވެފަ އެވެ. އެ މާސްޓާޕްލޭން ހެދުމަށްފަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ދިން ސުންގަޑިއަކީ އޮކްޓޯބަރު 27، 2024، އެވެ.
ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި މާސްޓާޕްލޭން ހެދުމުގެ މަސައްކަތް ފެށީ ވެސް ސުންގަޑި ހަމަވިފަހުން ޑިސެމްބަރު، 2024، ގެ ތެރޭގަ އެވެ. އެ މަސައްކަތް ކުރަނީ ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާ ގުޅިގެންނެވެ.
ދުންފަތުގެ މާސްޓާޕްލޭނެއް ހަދަން ރައީސް މުއިއްޒު އެންގެވީ ދުންފަތާ ގުޅޭ ބޮޑެތި ނިންމުންތަކެއް ނިންމެވުމަށް ފަހެވެ. އެގޮތުން ސިނގިރޭޓަށް ނަގާ ޓެކްސް ބޮޑު ކުރުމާއި ވޭޕް މަނާ ކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ