މާފަރު ރައްޔިތުންނަށް ނަތީޖާ ނެރެދޭނަން: އަލީ ވަހީދު

އެއާޕޯޓްގެ މަސައްކަތް ނުފެށި ލަސްވާތީ އާއި އަސާސީ ބައެއް ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ ނ. މާފަރު ރައްޔިތުންގެ ބަޔަކު މުޒާހަރާކުރަމުންދާތީ، ރައްޔިތުންގެ ޝަކުވާތަކަށް ނަތީޖާ ނެރެދޭނެ ކަމަށް އެ ރަށަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބުނެފި އެވެ. އެ ރަށަށް މިއަދު ވަޑައިގެންނެވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. "މަޖިލީހުގެ މެމްބަރުން މި ރަށަށް އައިސް ވަނީ ވަރަށް ގިނަ މައުލޫމާތު އެއްކޮށްފައި. ނަމަވެސް ހިތާމައަކީ ސަރުކާރު ވަނީ މިކަން ހައްލުކުރުމަށް ފެއިލްވެފައި،" އޭނާ ވިދާޅުވި އެވެ. އަލީ ވިދާޅުވީ އެ ރަށުގެ ރައްޔިތުން ހުށަހެޅި ޝަކުވާތަކަށް ހައްލު ހޯދުމުގައި ސަރުކާރު ޒިންމާދާރުކުރުވާނެ ކަމަށެވެ. "އެއާޕޯޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށޭނެ،" އޭނާ ވިދާޅުވި އެވެ. މާފަރަށް ދިޔަ މަޖިލީހުގެ ޓީމު މާލެ އައުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ