މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމާ ބެހޭ ގޮތުން މައުލޫމާތު ދެނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި އިނާމާބެހޭ އިތުރު މައުލޫމާތު ދެއްވުމަށް މި މަހުގެ 10 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވަވާ ގޮތަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރުފަހު 3.00ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނަން ނޯޓް ކުރުމަށް ހާއްސަ އިނާމާބެހޭ ކޮމެޓީން އެދެއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމުގެ މަގްސަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިހްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިސްރާބު ކުރުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށައެޅުއްވުމުގެ ފުރުސަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ