ހަވީރު 5 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތްއޮތުން އުވާލައިފި

ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 12:00 އަށް ރ. މީދޫގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް އޮތުން ކޮވިޑް 19 މީދޫ ޓާސްކްފޯސްއިން އުވާލައިފިއެވެ.
 
މިކަމަށް ލުޔި ދީފައި މިވަނީ ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔިދީ ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރަން ފެށުމާއި ގުޅިގެންކަމަށް ބެލެވެއެވެ.
 
މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް ހުރިހާ ބޭފުޅުންވެސް ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިކަން އިސްކުރުމަށް މީދޫ ޓާސްކްފޯސްއިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ