ރައްޔިތުންގެ މަޖިލީހުގެ ފަރެސްތޮޑާ ދާއިރާގެ މެމްބަރު ހުސެއން މުހަައްމަދު ލަތީފުގެ ގައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކޮޅުފައިން ޖެހި މައްސަލަ ބަލަން އިދިކޮޅު ޕީޕީއެން/ޕީއެންސީ އިން ގޮވާލައިފިއެވެ.މިއަދު އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް، އެމްޑީޕީ މެމްބަރުން ހިންގި ހަމަ ނުޖެހުމުގައި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މެމްބަރު ހުސެންގެ ގައިކޮޅުގައި ފައި ކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަކީ ދައުލަތުގެ އިސް އަދި ޒިންމާދާރު މަޤަމަކަށް ވާއިރު އެ މަޤާމުގައި ހުންނަވާ ބޭފުޅަކު މިފަދަ ނުރައްކާތެރި ހަޑި މުޑުދާރު އަމަލެއް ހިންގުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބީ އަމަލު ބަލައި ފިޔަވަޅު އެޅުމަށް އިދިކޮޅުން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.ރޭ މަޖިލީހުގައި ރައީސް ނަޝީދުގެ އަމުރަށް، އެމްޑީޕީ މެމްބަރުން ވަނީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމަށްވެސް ހަމަލާ ދީފައެވެ. އަދި އެ ހަމަލާތަކުގައި ޝިޔާމްގެ މައިބަދައަށް ވަނީ ގެއްލުންވެފައެވެ. އެ މައްސަލަވެސް މިހާރު ވަނީ ފުލުހަށް ހުށަހެޅިފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މެމްބަރު ހުސެއިން ގައިގާ އީވާ ފައިން ޖެހި މައްސަލަ ބަލަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ