ޖުމްހޫރީ ޕާޓީގައި ހުންނަވައިން ސިޔާސީ ގޮތުން ހޯއްދަވަން ބޭނުންފުޅުވާ ކޮންމެ ކުރިއެރުމެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު އެޕާޓީން ދޭނެކަމަށް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ޖުމްހޫރީ ޕާޓީއާ ގުޅުމަށް އެޕާޓީގެ އޮފީސް ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޕާޓީގައި ހުންނަވައިން ސިޔާސީ މައިދާނުގައި ކުރިޔަށް ދިޔުމަށް ބޭނުންފުޅުވާ ކޮންމެ މެމްބަރަކަށްވެސް ބޭނުންފުޅުވާ މަގާމަކަށް ކުރިމަތިލައި އެމަސައްކަތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ނުވަތަ އަރިހުގައި އުޅުއްވާ އެހެންވެސް މީހެއްގެ ސަބަބުން އެފަދަ އެއްވެސް ކަމަކަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށްވެސް އަރުވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ޑިމޮކްރަސީގެ ރީތީ ނިޒާމެއް ރާއްޖޭގައި ގާއިިމު ކުރުން ކަމަށެވެ. އަދި މިސަރުކާޜުގެ ފަސް އަހަރު ނިމުމުގެ ކުރިން އެކަން ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެމަސައްކަތް ކުރައްވާނީ ކޯލިޝަން އެކުގައި އެކައްޗެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު ޖޭޕީން ފަހިކޮށްދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ