ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ ގުޅިގެން ޕީޖީ އޮފީހުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ޕީޖީ އޮފީހުން ބުނެފި އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު ވަރުގަދަ އަމުރުގައި ބައެއް ކަންކަން ކުރަން ޕީޖީގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި ހިމެނޭ ކަންކަން ތަންފީޒުކުރަން ވާނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އަމުރުކޮށްފައިވާ ނުވަ ބޭފުޅުންނާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އެބޭފުޅުންގެ ބައެއް މައްސަލަތަކަކީ ޝަރުއީ އެކި މަރުހަލާތަކުގައި ހުރި މައްސަލަތަކެއް ކަމަށްވާތީއާއި، އޭގެ އޭގެތެރެއިން ބައެއް މައްސަލަތަކަކީ ޝަރުއީ މަރުހަލާތައް ނިމިފައިވާ މައްސަލަތަކެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ޕީޖީ އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު މިހާރު ކުރަމުންދާ ކަމަށްވެސް މިބަޔާނުގައިވެ އެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ޝަރުއީ އަދި ގާނޫނީ ކަންކަމުގެ ތަފްސީލް ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ޕީޖީ އޮފީހުން މިހާރު ތައްޔާރުވަމުންދާ ކަމަށްވެސް މިބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ ގުޅިގެން ފާހަގަވާ ގާނޫނީ މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ދައުލަތުގެ ބަންޑާރަނައިބް މުހައްމަދު އަނިލް ވެސް ވަނީ ވިދާުވެފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ކަންކަން ހުށަހަޅަން މިދަނީ ތައްޔާރުވަމުން: ޕީޖީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ