ޑީއާރުޕީގެ ލީޑަރު، މައުމޫން އާއި ބައްދަލުކުރައްވައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ބައްދަލުކުރައްވައިފިއެވެ.
ޑީއާރުޕީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ކާނަލް ނަޝީދު، ރައީސް މައުމޫން އާއި ބައްދަލުކުރެއްވީ މިއދުގެ ވަގުތެއްގައިއެވެ.
މި ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރެވުނު ކަމަށާއި އެއީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ވެސް ޑީއާރުޕީގެ ވެބްސައިޓުގައިވެއެވެ. ނަމަވެސް މި ބައްދަލުވުމާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް އެޕާޓީން ހާމަކުރެއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ނަޝީދުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް މައުމޫނާއި ނަޝީދު ބައްދަލު ކުރައްވާފައެވެ.
ޑީއާރުޕީގެ ލީޑަރު، މައުމޫން އާއި ބައްދަލުކުރައްވާފައިވާއިރު، ރައީސް މައުމޫންއަކީ ޑިއާރުޕީގެ ބާނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ