ސްޕްރީމް ކޯޓުގެ ބެންޗުން ހުސްކޮށް އޮތް ދެ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީއާއި އަބްދުލް ޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީއާއި އަބްދުލް ޣަނީ މުހައްމަދު ސްޕްރީމް ކޯޓުގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް އައްޔަން ކުރުމަށް ރުހުންދީފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ވޯޓުންނެވެ. އެއީ ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ މެމްބަރުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަނޑިޔާރުންނަށް ހުވާ ލައިދެއްވާފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި އެރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެ ދެ ފަނޑިޔާރުންނަށް މަގާމުގެ ލިޔުން އަރުވާފައެވެ.
އަބްދުﷲ ދީދީއާއި ޣަނީ އެމަގާމަށް އައްޔަން ކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމުންނެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ.އަހުމަދު އަބްދުﷲ ދީދީ ވެސް އައްޔަން ކުރައްވާފައެވެ.
ސްޕްރީމް ކޯޓަށް އަބްދުﷲ ދީދީއާއި ޣަނީ އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ