މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދަށް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.އިއްޔެއިން ފެށިގެން 72 ގަޑިއިރަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ކުރިން ވަނީ ބުނެފަ އެވެ.މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:20 އިން މެންދުރުފަހު 1:20 އާ ދެމެދު ކ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ އެ އިދާރާ އިން ވަނީ މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފަ އެވެ. ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވަނީ ބޭ އޮފް ބެންގޯލްގެ މެދުތެރޭގެ ހިސާބެއްގައި އުފެދިފައިވާ ލޯޕްރެޝަރު
އޭރިއާއަކާ ގުޅިގެންނެވެ. އިއްޔެއިން ފެށިގެން 72 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ
އެކި ހިސާބަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް
މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިން ބުނެފަ އެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައަކީ އޭގެ އަސަރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.ޔެލޯ އެލާޓް:ވައި ޖެހޭ ބާރުމިން ގަޑިއަކު 40-30 މޭލަށް އެރުމުގެ ފުރުސަތު އޮތުން ދެ ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ބޯކޮށް ވާރޭ ވެހުންވަރުގަދައަށް ގުގުރުން ނުވަތަ އެ ފުރުސަތު އޮތުންއާދައިގެ ވަރަށް ވުރެ ކަނޑު ގަދަވެ، ރާޅުތައް ބޮޑުވުންމޫސުމާ
ބެހޭ އިދާރާ އިން ބުނެފައި ވަނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އެވްރެޖް ގޮތެއްގައި
އުތުރާއި އިރު އުތުރުން ގަޑިއަކު 15-25 މޭލާ ދެމެދުގެ ބާރުމިނެއްގައި
ވައިޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10-18 މޭލާ ދެމެދުގެ
ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 48 މޭލަށް ވައިގަދަވާނެ ކަމަށް ވެސް
ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެ އެވެ. މެޓުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު މޫސުން އެންމެ ގޯސްވާނީ ކ. އިން ގދ. އަތޮޅާ ދެމެދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ