ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބްދުﷲ ޖާބިރު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

ސްރީލަންކާގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ޢަބްދުﷲ ޖާބިރު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ޖާބިރު ހޯދަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ނުބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ ޖާބިރުގެ ގެ ކަމަށްވާ ހ. ތިމާވެއްޓަށްވެސް ގޮސްފައެވެ.
ޔޮޓް ޓުއަރޒްގެ ވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރ ޢަބްދުﷲ ޖާބިރު ފަހަކަށް އައިސް ރައީސް އަބްދުﷲޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، މިހާރު އޭނާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެއެޑްވައިޒަރެވެ.
ޖާބިރު މީގެ ކުރިން ވިދާޅުވެފައިވަނީ މި ސަރުކާރު ގެނައީ އޭނާވެސް ޚަރަދުތަކެއް ކޮށްގެން ކަމަށާއި ނަމަވެސް، އޭނާއަށް ލަނޑު ލިބި، ޤައުމު މި ހާލަތަށް ހިނގައިދާނެ ކަމަށްހީނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ