މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ހިދުމަތް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ބޮޑު ދެ ޖަނަރޭޓަރަށް ދިމާވި މައްސަލަ އަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ވީއެންމެ އަވަހަކަށް މިމައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓެލްކޯ އިން ބުނެ އެވެ.
މިއަދު މާލޭގެ ބައެއް ސަރަހއްދުތަކުން ކަރަންޓު ކެނޑިފައިވާއިރު ސްޓެލްކޯއިން އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ޓްރާންސްފޯމަރެއް ގޮވުމާއި އެކު، ކަރަންޓް ޝޯޓެއް ހިނގައި ސްޓެލްކޯގެ މައި އިންޖީނުގޭގައި ހުރި ހުރިހާ ޖަނަރޭޓަރުތަކެއް އެއްފަހަރާ ނިވުމުގެ ސަބަބުން މިމަހުގެ ފަސް ވަނަ ދުވަހު މުޅި މާލެއިން ވަނީ ކަރަންޓައި ފެނާއި ކެނޑިފަ އެވެ.
ފަހަކަށް އައިސް ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލތަކާއި ގުޅިގެން މާލޭގެ ގިނަ ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ