ޑރ ޖަމީލް ރާއްޖެ ވަޑައިގަންނަވާނެ، ފުލުހުންނަށް އެއްބާރުލުންވެސް ދެއްވާނެ: އިއްތިހާދު

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރ ޑރ. މުހަންމަދު ޖަމީލް އަޙްމަދު ހުންނެވީ ދިވެހި ފުލުހުންނަށް ހުރިހާ އެއްބާރުލެއްވުމެއް ދެއްވުމަށްކަމަށް އެ އިއްތިހާދުން ބުނެފިއެވެ.
އެ އިއްތިހާދުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
ޑރ ޖަމީލް ހުންނެވީ ފުލުހުންނަށް އެއްބާރުލުން ދެއްވުމަށްކަމަށް ހާމަކޮށްފައިމިވަނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަަލައަކާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީން 14 ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނިކޮށެވެ.
ފުލުހުން ބުނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކެއްގައި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓް އަމުރެއް ނެރުމުގެ މައްސަލާގައި އެ ދެ ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޔޫއޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑރ. މުހަންމަދު ޖަމީލް އަޙްމަދު ހުންނެވީ ދިވެހި ފުލުހުންނަށް ހުރިހާ އެއްބާރުލެއްވުމެއް ދެއްވުމަށެވެ. އަދި ފުލުހުން ދިވެހި ރާއްޖޭގެ ގާނޫތަކާމެދު ބާއްވަވަންޖެހޭ އަހަމިއްޔަތުކަން ކުރިއަށްނެރުއްވުމަށް ދަންނަވާކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރަށް ޑރ. މުޙަންމަދު ޖަމީލް އަޙުމަދު ރާއްޖެ ވަޑައިގަންނަވާނީ ރަސްމީ ލިޔެކިޔުމުންނާއި އެކި ތަފާތު ކިތާބީ ހެކިތަކާއިއެކު ތަކުރާރުކޮށް ހުށައެޅިފައިވާ މަނީލޯންޑަރިންގ އާއި ކޮރަޕްޝަނުގެ ތަހްގީގަށް ރައީސް ޔާމީނު ޢަބްދުލްޤައްޔޫމް ދިވެހި ފުލުހުން މެދުވެރިކުރައްވައި ހައްޔަރުކުރެއްވުމުގެ މޯހިރުގައިކަމަށްވެސް ބުނެފައިވެއެވެ.
އަދި ޑރ. މުހަންމަދު ޖަމީލް އަޙްމަދަށް އަމާޒުކުރައްވައިގެން ރައީސް ޔާމީނު ޢަބްދުލް ގައްޔޫމްގެ ސަރުކާރު ނަހަމައިން ހިންގާ ޢަމަލުތަކަކީ އިއްތިހާދު ރޫޅާލުމަށްކުރާކަމެއްކަމަށްވެސް ބުނެފައިވެއެވެ.
އިއްޔެ ފުލުހުން ވަނީ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ރާއްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީން 14 ދުވަހުގެ ތެރޭގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރުނުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސްއިން އަޅާނެ ކަމުގައި ކަމަށްވެސް ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ މިދެބޭފުޅުންވެސް ރާއްޖޭގައި ނޫޅުއްވާތީ ޗިޓް ހަވާލްކުރެވިފައިނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ