ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މިއަދު 2:00 އަށް ފާރިސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. ދާދިފަހުން ފާރިސް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހާޒިރުކޮށްފަ އެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފާރިސް ފުލުސް އޮފީހަށް ހާޒިރުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ތީމުގޭގައި އުޅުއްވި އިރު، ކުރެއްވި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ