ފިޔޯރީއަށް ކަރަންޓު ދީފި

ގދ. ފިޔޯރީއަށް ކަރަންޓު ދީފިއެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިޘާގައި އެރަށުގައި ހުރި ހަމައެކަނި ޖެނެރޭޓަރގައި ހިނގި އަލިފާނުގެ ހާދިޘާގައި ފިޔޯރީން ކަރަންޓު ކެނޑުނުގޮތަށް ކަރަންޓު ލިބިފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ހުކުރު ދުވަހުގެ މެންދުރު ވަގުތު ހިނގި އެ ހާދިޘާގައި އެރަށު އިންޖީނު ގޭގައި މަސައްކަތްކުރާ ޢުމުރުން 26 އަހަރުގެ ނާޒިދު ޢަބްދުﷲ ވަނީނިޔާވެފައެވެ. އެ ހާދިޘާ ހިނގި އިރު، އިންޖީނުގޭގައި އޭނާ އެކަންޏެވެ. އަދި ބަރު އަޑުފައްގަނޑަކާއެކު އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ އަނދާފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ފެނަކައިން ބުނީ ފިޔޯރީ އަށް ކަރަންޓް ދިނީ ގއ. ދެއްވަދޫގައި ހުރި 180 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްގެން ކަމަށާއި އެރަށަށް ދާއިމީކޮށް ކަރަންޓު ދޭން މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
މީގެ އިތުރުން ފިޔޯރީ އިންޖީނުގެއަށްބަދަލުތައް ގެނެސް، އެރަށުގެ މީހުން ނޫޅޭ ސަރަހައްދަކަށް އިންޖީނުގެ ބަދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ