އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމާއި ގުޅިގެން ރާއްޖޭގައި ޑިމޮކްރަސީ އޮތް ކަން ހާމަވެގެން ހިނގައްޖެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ހުކުރު ދުވަހުގެ ބޮޑު އެއްވުމަށް ސަރުކާރުން ހުރަސް އަޅާފައި ނުވާ ކަަމަށެެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުގެ އެއްވުން ކުރިއަށް ދިޔައީ މިނިވަންކަމާއެކު ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވަނީ ރައީސް އަބްދުﷲ ޔާމިނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވި ނަމަވެސް އެ އެއްވުން ކުރިއަށް ދިޔައީ އިދިކޮޅު ފަރާތްތަކުން ރޭވި ގޮތަކަށް ނޫނެވެ. އިދިކޮޅު ފަރާތްތަކުން އެއްވުން ބާއްވަން ނިންމާފައި އޮތީ އުސްފަސްގަނޑުގައި ޖަލްސާއެއް ގޮތަށެވެ. ނަމަވެސް އެއްވުން ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފުލުހުން ވަނީ އުސްފަސްގަނޑަށް ނުވަދެވޭހެން އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ބޮޑުއެއްވުމާއެކު ރާއްޖޭގެ ޑިމޮކްރަސީ އޮތް ކަން ހާމަވެއްޖެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ